https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހައިލަމްގެ ނަމުގައި ދައުރުވާ ފޭކް ޓުވީޓަކަށް ޚަބަރު ހެދި ނޫސްތަކުން މަޢާފަށް އެދުމަށް ބުނެފި

  • މާހިރު މުޙައްމަދު
  • Sep 7, 2021
  • 1 min read


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ޙުކުމްކުރެއްވުމަށް އަންގަވައި ސަރުކާރުގެ ވަޒީރަކު މެސެޖުކުރެއްވިކަމަށް ބަޔާންކޮށްފައިވާ ޓުވީޓަކީ، އޭނާ ކުރެއްވި ޓުވީޓެއް ނޫންކަމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.


މި މަހުގެ 5 ވަނަ ދުވަހުގައި ހައިލަމްގެ ނަމުގައި ކޮށްފައިވާ ޓުވީޓަކާއި ގުޅިގެން އޭނާ މިއަދު ވިދާޅުވީ،‏ ފޭކު ސްކްރީން ޝޮޓް އަސާސެއް ކަމަށް ބަލައިގެން ބައެއް ނޫސްތަކުން ޝާއިޢުކޮށްފައިވާ ޚަބަރުތައް، މީޑިއާ ކައުންސިލްގެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 24 ގަޑިއިރު ތެރޭގައި ނަންގަވައި މާފަށް އެދުމަށް އަންގަވާ ކަަމަށެވެ. ”އަޅުގަނޑު ޑީލެއް ނުހަދަން. އަޅުގަނޑު ވައިބަރގައި ހިއްސާކުރި ފޮޓޯއާއެކު ވަޒީފާ ގެއްލުވައިލީ. އޭގެ އިތުރުން އަޅުގަނޑަށް ސަރުކާރުގެ ވަޒީރަކު ރައީސް ޔާމިނަށް ޙުކުމްކުރަން އަންގައި ޓެލްގްރާމް ސީކްރެޓް ޗެޓުގައި މެސެޖުކުރި. އަޅުގަނޑު އެ މެސެޖަށް ރިޕްލައިއެއްވެސް ނުކުރަން.“ މި މަހުގެ 5 ވަނަ ދުވަހުގައި ހައިލަމްގެ ނަމުގައި ކޮށްފައިވާ ޓުވީޓުގައިވެއެވެ. މި ޓުވީޓާއި ގުޅިގެން ހައިލަމް އިތުރަށް ވިދާޅުވީ، އޭނާގެ ނަމުގައި ބަޔަކު ފޭކު އެކައުންޓެއް ހަދައިގެން ޓުވީޓުކޮށް، ފަތުރަމުންދާ ފޭކު ސްކްރީން ޝޮޓްތަކުގެ މައްޗަށް ނޫސްތަކުން އޭނާގެ ބަހެއް ހޯދުމެއްނެތި ޚަބަރު ލިޔުމަކީ ލަދުވެތިކަމެއް ކަމަށެވެ. ”މި މައްސަލަ ބެލުމަށް ގޮވައިލަން“ މީޑިއާ ކައުންސިލަށާއި، އެ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީއަށް ޓެގްކުރައްވައި ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page