ހަފްލާތައް ބޭއްވުމުގެ ހުއްދަދީފި
- ޙުސައިން އަޙުމަދު

- Aug 5, 2021
- 1 min read

ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ޕާޓީތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަދީފިއެވެ.
މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ޕާޓީތަކާއި، ހަފްލާތައް ބޭއްވުމަށް ހުއްދަދީފައިވަނީ މީހުންގެ ޢަދަދު ކަނޑަނާޅާ ކަމަށެވެ.
ނަމަވެސް ގައިޑްލައިންތަކާއި އެއްގޮތަށް އެ ކަންކަން ކުރިއަށް ގެންދިއުމަށް ޑރ.ނަޒްލާ އިލްތިމާސް ކުރެއްވިއެވެ. ވީހާވެސް ބޮޑަށް އޯޕަން އެއާ ތަންތަނުގައި ޕާޓީތަކާއި ހަފުލާތައް ބޭއްވުމަށާއި، މާސްކު އެޅުމަށާއި، ގައިދުރުކަން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް ޑރ.ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.








Comments