https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ޔާމިން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

  • މާހިރު މުޙައްމަދު
  • Sep 9, 2021
  • 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޗެނަލް 13 އިން ގެނެސްދޭ “ހަޖަމް“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.


މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މާދަމާރޭ 22:00 ގައި ޗެނަލް 13 އިން ގެނެސްދޭ “ހަޖަމް“ ޕްރޮގްރާމުގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.


ނަރީޝް އެފަދައިން ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރެއްވި އިރު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމިން މިހާރު ހުންނެވީ ގޭ ބަންދުގައެވެ. އެ މަނިކުފާނު ގެއަށް ބަދަލުކުރީ މާފުށީ ޖަލުގައި ކޮވިޑު ފެތުރޭތީ މިދިޔަ ރަމަޟާން މަހުގައެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page