ގޭބަންދުގައި ހުރި ރައީސް ޔާމިން އެންމެ ފަހުން ޕީޕީއެމްގެ އިހުތިޖާޖަށް
- މާހިރު މުޙައްމަދު
- Sep 10, 2021
- 1 min read

”އިންސާފު ހޯދަން" މި ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިހުތިޖާޖުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ވެސް ބައިވެރިވެވަޑައިގެންފިއެވެ.

”އިންސާފު ހޯދަން’’ މި ނަމުގައި އިދިކޮޅު ކޯލިޝަނުން އިހްތިޖާޖު ފެށީ މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިންނެެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ހިނގައިލުން ކުރިއަށް ގެންދަން އިދިކޮޅު ކޯލިޝަނުން ނިންމި ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ.
މި އިހުތިޖާޖުގެތެރެއިން އިދިކޮޅުގެ ސަޕޯޓަރުން ވަނީ ރައީސް ޔާމިން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފައެވެ.
އެ ގޮތުން އެ މަނިކުފާނު ވަނީ ކުޑަދޮރަކުން ބޭރު ބައްލަވައިލައްވައި ސަޕޯޓަރުންނަށް ހަނާ އަޅުއްވައި, ހިތްވަރު ދެއްވާފައެވެ. ހަމައެހެންމެ ގައުމީ ދިދައާއި، ޕީޕީއެމްގެ ރަސްމީ ދިދަ ހިއްޕައިވައިގެން ހުންނެވި މަންޒަރު ވެސް ފެނިގެންދިޔައެވެ.








Comments