”ގެވެށި ގުޅުން“ ކެމްޕޭނަށް، ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީއެއްދީފި
- Goal mv
- Jun 30, 2021
- 1 min read

”ގެވެށި ގުޅުން“ ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
”ގެވެށި ގުޅުން“ ކެމްޕޭނަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުސްވި އަހަރުގެ ޖުލައިމަހުގައި ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން ދިވެހި ސަރުކާރުން ފެށި ކެމްޕޭނެކެވެ. ޖެންޑާރއިން މިއަދު ބުނީ، މި ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން 2،972،205 (ދެ މިލިއަން ނުވަ ލައްކަ ހަތްދިހަ ދެހާސް ދުއިސައްތަ ފަސް ދިވެހި ރުފިޔާ) ގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖެންޑަރ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ.ހާލާ ޙަމީދެވެ. ޕާކިސްތާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރެވެ. މިއަދު ސޮއިކުރެވުނު ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާއެކު ޕާކިސްތާން ސަރުކާރުން “ގެވެށި ގުޅުން“ ކެމްޕޭނަށް ދެއްވާ ރަސްމީ އެހީ ހަމަޖެހިގެންދާނެއެވެ.








Comments