https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޖެންޑާ މިނިސްޓްރީގެ އިސް މުވައްޒަފަކު ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރައްސާރަ ކޮށްފި

  • މާހިރު މުޙައްމަދު
  • Sep 30, 2021
  • 0 min read

ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްގައި އުޅޭ އަންހެނަކު ކުޑަ ކުއްޖަކު ކޮނޑުގައި ސްކޫލަށް އުފުލާ ވީޑިއޯއާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އިސް މުވައްޒަފަކު އެދެމައިންނަށް ފުރައްސާރަ ކޮށްފިއެވެ. ތ.އަތޮޅު ވޭމަންޑޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އެންމެ އިސް މުވައްޒަފު ރިލުވާން ވަނީ މި ކަމަށް އިޝާރާތްކޮށް ވަރަށް ބޮޑަށް ފާޑު ކިޔައި ޓްވީޓު ވަނީ ކޮށްފައެވެ.


ރިލުވާން ބުނެފައި ވަނީ އުޅޭ ތަނުގެ ކުލި ދައްކައި، ކާން ބޭނުންވާ ތަކެތި ހޯދައިދީ ފެންބިލު ދައްކައިދީ، އެއްތަނުން އަނެއްތަނަށް އުފުލުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.


އެޕާޓްމަންޓްދީ، ސްކޫލަށް ދާން ބަސްދީ، ކާނެ ކާއެއްޗެހިދީ، ފެން ބިލް ދައްކައިދީ މިއީ ދުނިޔޭގެ ކޮން ގައުމަކުން ކުރާ ކަމެއްތޯ؟ރިލުވާން ސުވާލު ކޮށްފައިވެއެވެ.



ބުރަކަށިމަތީގައި ދަރިފުޅު އުފުލި މަންމަ އަށް ބަސް ޓެކްސީއެއް ހަމަޖައްސައިދީފައިވާ އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވަނީ ރިލްވާންގެ ކޮމެންޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިލްވާންގެ ކޮމެންޓާއި ގުޅިގެން ވަރަށް ގިނަ އާއްމުން ވެސް އަންނަނީ ރިލްވާންއަށް ފާޑުކިޔަމުންނެވެ.

ކޮންމެ ދުވަހަކު ހިނގާފައި ނުވަތަ ދަރިފުޅު ކޮނޑަށް ލައިގެން ހުޅުމާލޭ ފޭސް އެކެއްގެ ބަސް ސްޓޮޕަކާ ހަމައަށް މި ކުދިން ގޮވައިގެން މަންމަ ދެ އެވެ. އަދި އަނބުރާ ފްލެޓަށް ވެސް އަންނަނީ ހިނގައިފައެވެ. ކޮންމެ ދުވަހަކު ޓެކްސީގައި ދަތުރުކުރުމަށް ފައިސާ ނެތުމުން މި ހާލުގައި އެ އާއިލާ އުޅެމުން އަންނައިރު މިހާތަނަށް ފޭސް ދޭކަށް ބަހުގެ ހިދުމަތެއް ނުފަށައެވެ. އަދި ފެށޭނެ ދުވަހެއް ވެސް ނޭނގެއެވެ. ފޭސް ދޭކަށް މިހާތަނަށް ބަހުގެ ހިދުމަތް ފަށާފައިނުވި ނަމަވެސް އެތަނަށް ގާތްގަނޑަކަށް 60 އެއްހާ އާއިލާ މި މަހުގެ ތެރޭގައި ބަދަލުވެ، ދިރިއުޅެމުން އެބަދެއެވެ. ބަހުގެ ހިދުމަތް ނުފެށި ލަސްވުމަކީ ފްލެޓުގައި އުޅޭ މީހުންގެ ކަންބޮޑުވުމެކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page