ގެއަކަށްވަދެ އަންހެނަކަށް ހަމަލާދީފި
- ޙުސައިން އަޙުމަދު

- Aug 17, 2021
- 1 min read

މާލޭގެ ގެއަަކަށް ފިރިހެނަކު ވަދެ އެ ގޭގައި ހުރި އަންހެނަކަށް ހަމަލާދީފިއެވެ.
ފުލުހުން ބުނީ މާލޭ ގެއަކަށް ފިރިހެނަކު ވަދެ އެ ގޭގެ ތަކެއްޗަށް ގެއްލުންދީ، މާރާމާރީ ހިންގި މައްސަލައެއް ރޭ 20:14 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާރާމާރީގައި އެ ފިރިހެން މީހާއަށާއި އެ ގޭގައި ހުރި އަންހެނަކަށް އަނިޔާވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.








Comments