https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ގދ.އަތޮޅާއި، އައްޑޫއަށް ޕީޕީއެމްގެ ޓީމުތައް ފުރައިފި

  • މާހިރު މުޙައްމަދު
  • Aug 18, 2021
  • 1 min read

"މަވެސް ޕީޕީއެމް" ގެ ނަމުގައި ރާއްޖޭގެ ހުރިހައި ރަށަކަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ ތެރެއިން، ގދ.އަތޮޅަށާއި، އައްޑޫ ސިޓީއަށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުގެ ޓީމުތައް މިއަދު ފުރައިފިއެވެ.


ގދ.އަތޮޅަށް ކުރާ ދަތުރުގައި އެ އަތޮޅުގެ 2 ދާއިރާއަކަށް ދަތުރުކުރާނެއެވެ. އެއީ ގައްދޫ ދާއިރާއާއި، ފަރެސްމާތޮޑާ ދާއިރާއަށެވެ. މި 2 ދާއިރާއަށް ދިއުމަށް ނިންމާފައިވަނީ އެ އަތޮޅުގެ ބައެއް ރަށްތަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީއެވެ. ނަމަވެސް އެ ރަށްރަށަށް ފަހުން ޒިޔާރަތްކުރާނެ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ގދ.އަތޮޅަށާއި، އައްޑުއަށް ކުރާ މި ދަތުރުތައް ނިންމައިލުމަށް ފަހު، ޕީޕއެމްގެ ޓީމުތައް އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގައެވެ.

”މަވެސް ޕީޕީއެމް“ ގެ ނަމުގައި ރާއްޖޭގެ ހުރިހައި ރަށަކަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ އަންނަ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމްގެ މެނިފެސްޓޯ އެކުލަވައިލުމާއި، އެ ޕާޓީގެ ޕޮލިސީ ޑިޕާޓްމަންޓުން ކުރަމުން އަންނަ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި، މެނިފެސްޓޯއަށް ރައްޔިތުންގެ މަޢުލޫމާތު ހޯދުމާއި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރުމެވެ.

އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، އިދިކޮޅު ޕީޕއެމްއިން ރާއްޖޭގެ ހުރިހައި ރަށަކަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެތެރެއިން، ފުރަތަމަ ދިޔައީ ހއ.އަތޮޅުގެ ރަށްތަކަށެވެ. އެއީ މި މަހުގެ 07 ވަނަ ދުވަހުގައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page