https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ގަވައިދާ ޚިލާފަށް ޕާކް ކޮށްފިނަމަ ލައިސަންސް ބާތިލްކުރާަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 16, 2021
  • 1 min read

ގަވައިދާއި ހިލާފަށް ސައިކަލް ޕާކް ކުރާ ފަރާތްތަކުގެ ލައިސަންސް ބާތިލް ކުރާ ގޮތަށް މިއަދު ހަމަޖައްސާފިއެވެ.


ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފައިވާ ގަވައިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރެވޭނެއެވެ. އަދި އެ ހާލަތްތައް ފިޔަވައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކުގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ މަނާކަމެއް ދެ ފަހަރަށް ވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެކަމެއް ކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުކުރެވޭނެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސާއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން 100 ކްރެޑިޓް ޕޮއިންޓް ހުސްވުމުން އެ ލައިސަންސް ބާތިލުވާނެ ކަމަށާއި އެކަމާ ގުޅިގެން ބާތިލުކޮށްފައިވާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ 180 ދުވަސް ފަހުން ކަމަށެވެ. އަދި ބާތިލުވެއްޖެނަމަ، ލައިސަންސް ނެގުމަށް ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ އިމްތިހާނުތަކާއި އިޖުރާއަތްތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މީހެ އިތުރުން ގަވައިދުގައި ބުނެފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ކްރެޑިޓް ޕޮއިންޓް ކެނޑޭނެ ކަމަށާއި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ކްރެޑިޓް ޕޮއިންޓް ކެނޑޭނެ ކަމަށެވެ. ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވެސް ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާފައިވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page