ގައިދީންގެ އާއިލާތަކަށް މިހާރު ޖަލަށް ޒިޔާރަތްކުރެވޭނެ- ކަރެކްޝަނަލް
- މާހިރު މުޙައްމަދު
- Jul 18, 2021
- 1 min read

ކޯވީޑް ވެކްސިން ފުރިހަމަ ކޮށްފައި ތިބި ގައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތް ކުރެވޭނެ ކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.
އެކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން އެކުލަވާލި އާންމު އުސޫލުގައި ވަނީ ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ އާއިލާ މެންބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލުކުރެވޭނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖެހުމަށް ކަނޑައަޅައިފައިވާ ވެކްސިންގެ 2 ޑޯޒު ފުރިހަމަ ކުރި ފަހުން 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
ޖަލަށް ޒިޔާރަތްކުރާ ދުވަހު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާގެ ކޮޕީއެ ކަރެކްޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށާާާއި ކޯވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަ ވެފައިވާ ފަރާތެއް ނަމަ ޖެހުނު ދުވަހުން ފެށިގެން 60 ދުވަސް ނުވާކަން އަންގައިދޭ ލިޔުމުގެ އަސްލު ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
މީގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޖަލަށް ޒިޔާރަތްކުރާ ނަމަ އެކުއްޖާގެ 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ވެސް ޖެހެއެވެ. އާއިލާ ބައްދަލުވުމަށް ހުއްދަ ދެވޭނީ އެއްފަހަރާ ގިނަވެގެން އާއިލާގެ 5 މެންބަރުންނަށެވެ.
ބައްދަލުވުން ހިނގާ ވަގުތު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކު އެޅުމާއިއެކު ގައިދުރުކަން ބަހައްޓަން ޖެހެއެވެ.
އެ އުސޫލާ ހިލާފު ވެއްޖެނަމަ އެ ވަގުތަކުން ފެށިގެން ބައްދަލުވުން މެދުކަނޑާލުން ނޫނީ 2 މަސް ދުވަހުގެ ނިޔަލަށް ޖަލަށް ޒިޔާރަތް ކުރުން މަނާ ކުރާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.








Comments