https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ގަޑިބުރު ނެގި މީހާ އަނެއްކާ ވެސް ގަޑިބުރުގެ ވާހަކަ ދެއްކުން އެއީ ބޮޑު ޖޯކެއް

  • މާހިރު މުޙައްމަދު
  • Aug 13, 2021
  • 1 min read

އެތައް ފަހަރެއްގެ މަތިން ތަޅާލައި ބިމާ ހަމަކޮށްފައިވާ، މާފަންނު، ފަރީދީމަގުގައި ހުންނަ ގަޑިބުރު ކުރީގެ މާޒީ އިއާދަވާނެ ކޮންސެޕްޓަކަށް ތަރައްޤީ ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ތަސައްވުރެއް މާފަންނު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދައިފިއެވެ. ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވަމުންދާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ރޭ ބައްދަލުކޮށްފައިވަނީ، މާލޭ ސިޓީގެ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެވެ. އެބައްދަލުވުމުގަައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާފަންނުގެ މަގުތައް ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ގޮތް ޕްރެޒެންޓޭޝަން މެދުވެރިކޮށް ދައްކާލާފައެވެ. އަދި އެކަމަށް ރައްޔިތުން އެދޭގޮތް ހުށަހެޅުމުން ސަރުކާރުގައި ދަންނަވައިގެން އެކަންކަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ފަރީދީމަގުގައި ހުންނަ ކުރީގެ ގަޑިބުރު ތަރައްޤީކުރުމަށް ރައްޔިތުންްގެ ހިޔާލަށް ސިޓީ ކައުންސިލުން އެދޭގޮތް ވަނީ ހުށަހަޅާފައެވެ. މޭޔަރު މުއިއްޒު ވިދާޅުވީ، ގަނޑިބުރަކީ ކުރީ ޒަމާނުގައި ގަނޑިއެއް ހުރި ތަނެއް ކަމަށާއި، އެމާޒީ އަލުން އިއާދަކުރަން މާފަންނު ރައްޔިތުން ބޭނުންވާކަން ބައެއް ރައްޔިތުން ފާހަގަކުރާ ކަމަށެވެ. "އެހެންކަމުން ގަނޑިބުރުގައި އޭރުގައި ހުރި ކަހަލަަ ގަނޑިއެއް ބަހައްޓާ އެ ގަނޑިބުރުގެ އެ މާޒީ، އެ ތާރީހު އިއާދަކުރެވިގެންދާ ގޮތަށް އެކޮންސެޕްޓުގައި ގަޑިބުރެއް ބިނާކުރެވިއްޖެނަމަ އެމާޒީ ހަނދާން ހުރި ފަރާތްތަކަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު އުފަލަކަށް ވާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ. ޑރ.މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކާއި މިޖީލުގެ ކުދިންނަށް އެމާޒީ ކިޔައިދިނުމަކީ ވެސް ބޭނުންތެރި ކަމަކަށް ވެގެންދާނެ ކަމަށެވެ. ގަޑިބުރު ބިނާކުރެވޭނީ އެ މޮޑާން ކޮންސެޕްޓާއިއެކު، ލެޑްލައިޓް ހަރުކޮށް އިޝްތިހާރު ޖެހިގެންދާ ގޮތައް ކަމަަށެވެ. އޭގެ ސަބަބުން ސަރުކާރުގެ ފަރާތުން އަދި ސިޓީ ކައުންސިލްގެ ފަރާތުން ހަރަދުނުކޮށް އިންވެސްޓުމެންޓު އުސޫލުން އެކަން ކުރާނެ ފަރާތެއް ލިބިގެން ދިޔުން އެކަށީގެންވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެޑްވަޓައިޒްމެންޓް ޕެނަލްއަކީ އެފަރާތުން އެކުރާ ހަރަދު އަބުރާ ލިބޭ އެއްޗަކަށް ހެދިދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ގަޑިބުރަކީ މީގެ ކުރިން ހަތަރު ފަރާތަށް، ގަޑި ފެންނަ ގޮތަށް ހުންނަ ގަޑިއެއް ބަހައްޓާފައިވާ ސަރަހައްދެކެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން އެ ބިނާ ވަނީ ނަގާފައެވެ. އޭރު އެތަނުގައި ހުރި ބުރު ވެސް ތަޅާލުމަށް ފަހު ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތަނަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައިވެއެވެ. އެގޮތުން އެންމެ ފަހުން އެބުރުގެ ބާކީ ބައިވެސް ތަޅާލައި، އެތަން ކޮނެފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އެކަން ކޮށްފައިވަނީ ވެސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރުއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page