ގާޒީ ހާފިޒާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި
- މާހިރު މުޙައްމަދު
- Jul 13, 2021
- 1 min read

ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުލް ސައްތާރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަންއަށް ހުށަހަޅައިފިއެވެ.
ދަ ލިޓިގަންޓްސް ލޯ ފާމުން ހާފިޒާގެ މައްސަލަ ހުށައަޅުއްވަމުން ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނަށް ފޮނުއްވި ސިޓީއެއްގައި ވަނީ ހާފިޒާގެ ސެކްޝަންގައި ހިނގަމުންދާ މައްސަލައެއް ލަސް ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި މައްސަލަތައް ލަސްވާކަމަށް ބުނެ ފޮނުވި ސިޓީތަކަށް ޖަވާބު ދީފައި ނުވަކަމަށްވެސް ވަނީ ބުނެފައެވެ. ގާނޫނީ ވަކީލު ނާޒިމް ސައްތާރު ސޮއިކުރައްވައި ޖޭއެސްސީ އަށް ފޮނުވި ސިޓީގައިވާ ގޮތުން އޭޕްރީލް 2021 ގެ ފަހުން ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ދެއްވާފައި ނުވާތީ ގާޒީގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް ބުނެފައި ވެއެވެ. ޖޭއެސްސީން ފަހަކަށް އައިސް ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާ ފިޔަވަޅު އަޅާކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާއިރު މި ކަން މިގޮތަށް ކުރުމުން ފަނޑިޔާރުންގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.








Comments