https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ފުލުހުންގެ އިދާރާ ހިންގުމަށް ބޮޑު ބަދަލު ގެނެސްފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 4, 2021
  • 1 min read


އާންމު އުސޫލަކުން ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.


ފުލުހުންގެ އިދާރާ އިން ބުނީ، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށެވެ. އެ ބަހާތަކުގެ ތެރެއިން ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް އިސްމާޢީލް ނަވީންއެވެ. އެސިސްޓެންޓް ކޮމިނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައެވެ. އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަނު ކުރައްވާފައިވާއިރު ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page