ފުލުހުން ޗެނަލް 13 ގެ ސީއޯއޯގެ ބޯ ފަޅައިލައި، ކެމެރާމަނަކު ހޭނައްތާލައިފި
- މާހިރު މުޙައްމަދު
- Sep 19, 2021
- 0 min read

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިޔަވަތީގައި މައްސަލަތައް ގިނަވެ، އެ މަރުކަޒުގެ ކަންކަން ބޮއްސުންލާފައިވާތީ ކަމާބެހޭ އިދާރާތަކާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ފުލުހުން ބާރުގެ ބޭންކޮށް، ޗެނަލް 13 ގެ ސީއޯއޯ ސަމާހު މުޙައްމަދުގެ ބޯ ފަޅައިލައި، އެ ޗެނަލްގެ ކެމެރާމަނަކު ހޭނައްތާލައިފިއެވެ.
މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގު ސަރަހައްދުގައި ތިބިއިރު ފުލުހުން ވަނީ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައެވެ.
އެ ގޮތުން ޗެނަލް 13 ގެ ސީއޯއޯ ސަމާހު މުޙައްމަދުގެ ބޯ ފަޅައިލައި, އެ ޗެނަލްގެ ކެމެރާމަން ޝަހީމް ހޭނައްތާލައިފައިވާ ކަމަށެވެ. ސަމާހުގެ ބޯ ފެޅުނީ ފުލުހުން އޭނާގެ ބޮލުގައި ޝީލްޑުން ޖެހުމުން ކަމަށާއި، ފުލުހުންގެ ވެހިކަލްގައި ސަމާހު އޭޑީކޭއަށް ގެންގޮސްފައިވާ ކަމުުުގެ މަޢުލޫމާތުުުުުުުލިބެއެވެ.








Comments