ފައިވްސްޓާރ ހޮޓަލެއްގައި ކަރަންޓީނުވުމަށް ބަޔަކު ގެނެސް މަގުމަތިކޮށްލި ބިދޭސީއަކު ހައްޔަރުކޮށްފި
- މާހިރު މުޙައްމަދު
- Aug 16, 2021
- 1 min read

ފައިވްސްޓާރ ހޮޓަލެއްގެ ނަމުގައި ބުކިންގ ހައްދައިދީ، އޮޅުވާލައިގެން ރާއްޖެއަށް ބަޔަކު ގެނެސް މަގުމަތިކޮށްލި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގުރޭޝަންގެ ކޮންޓްރޯލަރު މުޙައްމަދު ހަނަފީ މިރޭ ވިދާޅުވީ އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންގ ތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ފަތުރުވެރިއެއްގެ މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ އިމިގުރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ މެންދަމު 02:00 ހާއިރު ކަމަށެވެ. އޭނާ މިހާރު ވަނީ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މީގެ އިތުރުން ހަނަފީ ވިދާޅުވީ އިމިގްރޭޝަނާއި، ފުލުހުންނާއި، ރެޑް ކްރެސެންޓާއި، ހެޔޮއެދޭ ފަރާތްތައް ގުޅިގެން ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިކަމުގައި މުހިންމު އެހީތެރިކަމެއް ދެއްވި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ނަޒްރާ ނަސީމަށް ޝުކުރު ދަންނަވާކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.
މަގުމަތިވި ފަތުރުވެރިންނަށް ތަނެއް ހަމަޖައްސައިދެއްވީ މަހުލޫފުގެ އިސްނެންގެވުމުގެ މަތިންކަމަށްވާ އިރު، އެ މީހުން ބައިތިއްބާފައި ތިބީ ހުޅުމާލޭ ފުޓްބޯޅަ ސްކޫލުގެ އެކޮމަޑޭޝަން ބުލޮކްގައެވެ.
އޮޅުވާލައިގެން 27 ފަތުރުވެރިއެއް ރާއްޖެ ގެނެސްފައިވާ އިރު، އޭގެތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އެ ހުރިހައި އެންމެން ރޭ ތިބީ ވަންނާނެ ތަނެއް ނެތުމުގެ ސަބަބުން މާލޭގައި މަގުމަތިވެފައެެވެ. އެ އެންމެންނަކީ ވެސް ކަރަންޓީނުވުމަށް ރާއްޖެއައި ބައެކެވެ.








Comments