ފޯނެއް ފޭރުނު މައްސަލައެއްގައި 2 މީހަކު ހޯދަނީ
- މާހިރު މުޙައްމަދު
- Aug 17, 2021
- 1 min read

ފޯނެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި ދެމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ވަނީ، ފޯނެއް ފޭރުނު މައްސަލައެއްގެ ތުހުމަތުކުރެވޭ ދެ މީހުން ފެންނަ ވީޑިއޯއެއް ޢާންމުކޮށްފައެވެ. އެ ދެ މީހުންނަކީ ހުސްވި ޖޫންމަހުގެ 29 ވަނަ ދުވަހުގައި މަގުމަތިން ހިނގާފައިދިޔަ މީހެއްގެ މޯބައިލް ފޯން ފޭރިގެންފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަޙްޤީޤަށް ހޯދަމުންދާ ދެ މީހުންކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެ ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރަށް (9631696) އަށް ގުޅައި، މި މައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު (490737) މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.








Comments