ރައީސް ޔާމީންއަށް 2023ގެ އިންތިހާބުގައި ވާދަ ކުރެވިގެން ނުވާނެ– މައުމޫން
- މާހިރު މުޙައްމަދު
- Jul 26, 2021
- 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޤައްޔޫމްއަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވިގެން ނުވާނެ ކަމަށް، ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ވިދާޅުވީ، ރައީސް ޔާމީނަކީ ކުށެއް ސާބިތުވެ ކޯޓުން ހުކުމްކޮށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، އިންތިހާބުގައި ވާދަކުރަން އެމަނިކުފާނު ޖަލުން މިނިވަން ކޮށްގެންވާނެ ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށެވެ.
ޝަރީއަތް މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
”މިހާރު ޔާމީން އެ އޮންނެވީ ޖަލުގައި އޭނާއަށް ނިކުމެވިގެން ނޫނީ އެކަހަލަ ކަމެއް ކުރެވިގެން ނުވާނެ“ މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.








Comments