އެފްއޭއެމްގެ ޢިމާރާތުގައި ފުލޫ ކްލިނިކެއް ގާއިމުކޮށްފި
- މާހިރު މުޙައްމަދު
- Sep 26, 2021
- 0 min read

ހުމާއި، ރޯގާއާއި، ކެއްސުންފަދަ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަމާއެކު ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރީގެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޢިމާރާތުގައި ފުލޫ ކްލިނިކެއް ގާއިމުކޮށްފިއެވެ.
އައިޖީއެމްއެޗުން ބުނީ އެ ކްލިނިކުން ޚިދުމަތްދޭން ފަށާނީ މިއަދު ކަމަށާާާއި ޚިދުމަތްދެމުންދާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ކަމަށެވެ. އައިޖީއެމްއެޗުން ބުނީ ހުންއައިސް، ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެ ކްލިނިކަށް ޑޮކްޓަރަށް ދެއްކުން އެދޭ ކަމަށެވެ.
އެފަަަދަ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށް ދިޔަ ނަމަވެސް، ހޮސްޕިޓަލުން ބަލި މީހާ ބެލުމުގެ ބަދަލުގައި ކްލިނިކަށް ދެއްކުމަށް އިރުޝާދު ދެވިގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.








Comments