ފައިސާ ހޯދުމަށްފަހު، ފިލައިގެން އުޅޭ މީހަކު ހޯދަނީ
- މާހިރު މުޙައްމަދު
- Aug 26, 2021
- 1 min read

މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ ފިލައިގެން އުޅޭ މައްސަލައިގެ ތަޙްޤީޤަށް މީހަކު ހޯދަން ފަށައިފިއެވެ.
މި މައްސަލައަކީ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައެކެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ މއ. ހަނީސަކްލް-1 ޢުމުރުން 35 އަހަރުގެ ޙުސައިން ޝިފާޢު އެވެ.
ފުލުހުން މިއަދު ބުނީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނާއި، އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން އަންނަ މަހުގެ 6 ވަނަ ދުވަހުގެ 10:00 އަށް ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައި އިޢުލާނު ކުރާ ކަމަށެވެ.








Comments