ޝަހިންދާ ތަހުގީގަށް އަންނާކަށް އެއްވެސް އިރަކު ނާންގާ، އުޅޭތަން ސަރުކާރަށް އެނގޭނެ: އިބުރާ
- Goal mv
- Jun 4, 2021
- 1 min read
Updated: Jun 5, 2021

އިސްލާމްދީނަށް ތައުހީނުކޮށް ރިޕޯޓެއް އެކުލަވައިލާ އާންމުކުރި ޖަމްޢިއްޔާ މޯލްޑިވްސް ޑިމޮކްރެސީ ނެޓުވޯކުގެ ވެރިޔާ އަދި އެ ރިޕޯޓުގެ މުއައްލިފުންގެ ތެރޭގައި ހިމެނޭ ޝަހިންދާ އިސްމާއީލު ދިރިއުޅޭ ތަން ސަރުކާރަށް އެނގޭނެ ކަމަށާއި، ތަހުގީގަށް ހާޒިރުވާން އަންގާފައިނުވާ ކަމަށް އޭނާގެ ބޭބެ އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އިބުރާ މިފަދައިން ވިދާޅުވީ އާންމު މީހަކު އިބުރާއާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުރެއްްވި ޓުވީޓެއްގައެވެ. އިބުރާއާ ސުވާލުކުރި ޒުވާނާ އަހާފައިވަނީ އެމްޑީއެންގެ މައްސަލާގައި ޝަހިންދާ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭކަން އެނގޭތޯއެވެ. އެ ސުވާލުގެ ޖަވާބުގައި އިބުރާ ވިދާޅުވީ ޝަހިންދާ ފިލައިގެން އުޅޭކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަދި އޭގެ އިތުރަށް އިބުރާ ވިދާޅުވީ ޝަހިދާ އުޅޭ ތަނާއި، އެޑުރެހާއި ފޯނު ނަންބަރާއި އީމެއިލް އެޑްރެވެސް ދިވެހި ސަރުކާރަށް އެނގޭނެ ކަމަށެވެ. އިބުރާ މިފަދައިން ވިދާޅުވެފައިވާއިރު ފުލުހުން ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓު ލިޔުނު ފަރާތްތަކުގެ ތަހުގީގު ހިންގިފައިނުވަނީ އެފަރާތްތައް ދިރިއުޅޭ ތަނެއް ނޭނގޭތީ ކަމަށެވެ.
އިތުރަށް އިބުރާ ވިދާޅުވީ ޝަހިންދަ ދިރިއުޅޭ ޤައުމުގައި ހުންނަ ދިވެހި އެމްބަސީއަށްވެސް ކަންކަމުގައި ގޮސްއުޅޭ ކަމަށެވެ. އެއް އިރަކުވެސް ތަހުގީގަކަށް ރާއްޖެ އަންނަން އަންގާފައިނުވާ ކަމަށެވެ. އަދި ޝަހިންދާވެސް އުޅެނީ އެހެންވެސް ބައިވަރު ދިވެހިންވެސް އެހެން ޤައުމުތަކުގައި އުޅޭ ފަދައިންނެވެ.








Comments