https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އީނާސްގެ ޖިންސީ ގުނަވަން ބަދަލުކޮށް ފިރިހެނަކަށްވެއްޖެ

  • މާހިރު މުޙައްމަދު
  • Jul 14, 2021
  • 1 min read

ދިވެހިރާއްޖެއަށް ނިސްބަތްވާ އާމިނަތު އީނާސްގެ ޖިންސީ ގުނަވަން ބަދަލުކޮށް ފިރިހެނަކަށްވެފައިވާކަން ސޯޝަލްމީޑިއާގައި އިއުލާނުކޮށްފިއެވެ.


އީނާސް ވަނީ ޖިންސް ބަދަލުކޮށް ފިރިހެނަކަށް ބަދަލުވިކަން ހާމަކޮށް ޓިކްޓޮކްގައި ވީޑިއޯއެއް ވެސް ޢާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބުނީ ޖިންސު ބަދަލުކުރިތާ 01 މަސްވެއްޖެ ކަމަށެވެ.


އީނާސް މި ވަގުތު ދިރިއުޅެމުން އަންނަނީ ރާއްޖެއިން ބޭރުގައެވެ. އޭނާ ފިރިހެނުންގެ ހެދުން އަޅައިގެން އުޅޭތީ މީގެ ކުރިން ފާޑުކިޔުންތައް އަމާޒުވިއެވެ. އެ ގޮތުން އޭނާއަށް ފުރައްސާރަކުރާކަމަށް ބުނާ މައްސަލައެއް 2019 ގައި ފުލުހުން ތަޙްޤީޤުކޮށްފައިވެއެވެ.


މީގެ ކުރިން އީނާސް ފިރިހެނުންގެ ހެދުން އަޅާތީ އޭނާއަށް އަމާޒުކުރި ފާޑުކިޔުންތަކަށް ރައްދުދެމުން ބުނެފައިވަނީ، ހެދުން އަޅާ ގޮތަކުން އަންހެނަކު ފިރިހެނަކަށް ނުވާނެ ކަމަށެވެ.


އީނާސް އެފަދައިން ބުނެފައިވާ އިރު އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމާއި، ޖިންސް ބަދަލުކުރުމުގެ ގޮތުން ސިފައަށް ބަދަލުގެނައުމަކީ ލަޢުނަތްލެއްވިގެންވާ ކަމެކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page