https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އެކަކަށް ވެސް އަޅުގަނޑު މާލެ އަރާތަނުން މަރައިލެވިގެން ނުވާނެ- ނަޝީދު

  • މާހިރު މުޙައްމަދު
  • Jul 11, 2021
  • 1 min read

ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު، އެނބުރި މާލެ ވަޑައިގަންނަވާ އިރަށް ނަޝީދު އަވަހާރަކޮށްލަން ބަޔަކަށް މަސައްކަތްކުރެވިގެން ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ މަނިކުފާނަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވައިލި ގޮތުގެ އިންކުއަރީ ރިޕޯޓު، އެ މަނިކުފާނަށް އެރުވުމަށްޓަކައި، މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.


މެއި 06 ގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ފަރުވާ ހޯއްދެވުމަށްފަހު، އެ މަނިކުފާނު ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. އެ ޤައުމުން ފަރުވާ ހޯއްދެވުމަށްފަހު، އެ މަނިކުފާނު ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. އެ ޤައުމުގައި ހުންނަވައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި އަދި ދުވަސްކޮޅަކު މަޑުކުރައްވާން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެއީ ބޭސްފަރުވާއަށްޓަކައި ކަމަށާއި، އަދި އެނބުރި ވަޑައިގަންނަވާއިރު ހެޔޮހާލުކޮޅުގައި ހުންނެވުމުގެ ބޭނުންތެރިކަން ބޮޑުކަމުން ކަމަށެވެ. ”އަޅުގަނޑު ހަމަ މާލެ އަރާތަނުން އިތުރަށް ބަޔަކު މީހުން މަސައްކަތްކޮށްގެން އަޅުގަނޑު މަރައިލުމަށް ކަންކަން ހިންގާން އުޅޭ އުޅުމެއް އޮވެގެން ނުވާނެ ކަމަށް އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ ފެނޭ.“ ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ ދިމާވެފައިވާ ކަންކަމުން އަރައިގަނެވި، ލަސްތަކެއްނުވެ ރައްޔިތުންނާއި ބައްދަލުވާނެކަމުގެ އުންމީދީ މެސެޖެއްް ވެސް ދެއްވައިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page