https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިކޮނޮމިކް މިނިސްޓްރީން މިނިމަމް ވޭޖާއި ގުޅޭ ގޮތުން ބޯޑުން އެރުވި ލަފާ ދިރާސާކުރަނީ

  • މާހިރު މުޙައްމަދު
  • Oct 11, 2021
  • 1 min read

މިނިމަމް ވޭޖު ކަނޑައެޅުމާއި ގުޅޭ ގޮތުން މިނިމަމް ވޭޖު ބޯޑުން އެރުވި ލަފާ އިކޮނޮމިކް މިނިސްޓްރީން ދިރާސާކުރަން ފަށައިފިއެވެ.


ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭންޖެހޭ ޢަދަދު ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން މިނިސްޓަރު ފައްޔާޟް އިސްމާޢީލަށް ލަފާ އެރުވީ މި މަހުގެ 05 ގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެެެެެެއެވެ.


މިނިމަމް ވޭޖު ކަނޑައެޅީ މައިގަނޑު 04 ދާއިރާއަކަށް ވަކިވަކިންނެވެ. އެއީ ކުދި ފަންތީގެ އަމިއްލަ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރ. ގެ މަގުން މަހެއްގެ މައްޗަށް 5000 ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. އަދި މެދު ފަންތީގެ އަމިއްލަ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރ. ގެ މަގުން މަހެއްގެ މައްޗަށް 7000 ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގައި ނުހިމެނޭ އަމިއްލަ ވިޔަފާރިތަކަށް ގަޑިއިރަކަށް 42.79 ރ. ގެ މަގުން މަހެއްގެ މައްޗަށް 8900 ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓާގައި 06 ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7000 ރުފިޔާ ނުވަތަ 06 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65 ރ. ދިނުމަށެވެ.


ބިދޭސީންނަށް މިނިމަމް ވޭޖެއް އަދި ކަނޑައަޅާފައެއްނުވެއެވެ. އެ ޢަދަދު އިތުރަށް ދިރާސާކުރުމަށްފަހު ލަފާ ދިނުމަށް ބޯޑުން ވަނީ ނިންމާފައެވެ. އަދި ބިދޭސީންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށް އަމަލުކުރަން ފަށަންޖެހޭ މުއްދަތު 5 އަހަރަށް އިތުރުކުރަން ބޯޑުން ވަނީ ލަފާދީފައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭ ގޮތުން މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް އެރުވި ލަފާ، ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ދިރާސާކުރަމުންދާ ކަމަށެވެ. އަދި މި ދިރާސާއަށްފަހު ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައެއް ކަނޑައަޅައި ޢާންމުކުރާނެ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page