https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އީސީގެ ނައިބު ރައީސް ޙަބީބު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ އަނބުރާ މަޖިލީހަށް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 28, 2021
  • 1 min read


އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ކޮމިޝަނުގެ އެންޓި ހެރަސްމަންޓް ކޮމިޓީން ބެލުމަށް ފަހު، ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުވައިފިއެވެ.


ޙަބީބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ފުރަތަމަ ބެލީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން އޭރު ނިންމީ އީސީގެ އެންޓި ހެރަސްމަންޓް ކޮމިޓީން ފުރަތަމަ އެ މައްސަލަ ބެލުމަށް އެންގުމަށެވެ. އެއަށްފަހު މަޖިލީހަށް ހުށަހެޅުމުން މައްސަލައާމެދު ގޮތެއް ނިންމުމަށެވެ. ޙަބީބުގެ މައްސަލަ އެންޓި ހެރަސްމަންޓް ކޮމިޓީން ބެލުމަށްފަހު މީގެ ދުވަސްކޮޅެއްކުރިން ވަނީ މަޖިލީހަށް ފޮނުވައިފައެވެ. ނަމަވެސް އެ މައްސަލަ އަދި އެޖެންޑާކޮށްފައެއް ނުވެއެވެ. ހުސްވި ޖަނަވަރީ މަހުގައި އީސީގެ ނައިބު ރައީސްއަކަށް ޢައްޔަންކުރެއްވި ޙަބީބަށް އެ މަޤާމު ލިބިވަޑައިގަތީ އޭގެ ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އަޙްމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ. އަކްރަމް އިސްތިއުފާދެއްވާފައިވަނީ، ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކާއި ގުޅިގެން ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވާފައިވަނިކޮށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page