https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޑރ. މުއިއްޒުއަށް ވަކީލަކު ހޯދުމަށް 10 ދުވަސް ދީފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 3, 2021
  • 1 min read

ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް، ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަސް ދިނުމަށް ފަހު އަޑުއެހުން ނިންމާލައިފިއެވެ.


މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގެ ގާޒީ ސައްފަތު ހަބީބު މައްސަލައިގައި ހިމެނޭ ލިޔުންތައް ލިބުނުތޯ ސުވާލު ކުރެއްވުމުން ޑރ. މުއިއްޒު ވިދާޅުވީ، އެކަން ކަށަވަރު ވާނީ ގާނޫނީ ވަކީލެއް ބެލުމުން ކަމަށާއި ވަކީލަކު އައްޔަނު ކުރުމަށްފަހު މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށެވެ.


ގިނި ކަންޏާއި އަޑުއެހުމަށް ވަޑައިގެން ޑރ. މުއިއްޒު ވަނީ ވަކީލަކު އައްޔަނު ކުރެއްވުމަށް ގާނޫނުން ލިބޭ އެންމެ ދިގު މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.


ވަކީލަކު ހަމަޖައްސަން ގާނޫނުގައި ބުނެފައިވާ އެންމެ ދިގު މުއްދަތެއް ދޭން މުއިއްޒު އެދިވަޑައިގަތުމުން ގާޒީ ވަނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން 10 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ. އަދި މައްސަލައިގެ އަޑުއެހުން މިއަދަށް ނިންމާލައިފައެވެ.


ކުރިމިނަލް ކޯޓަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މުއިއްޒުގެ މައްޗަށް ދައުވާ ކުރުމަށް ހުށަހެޅުނު އިރު، އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން ކަން ފާހަގަ ކޮށްލެވެއެވެ.


ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނޫމަޑި އެއްބަސްވުންތައް ބާތިލްކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި މުއިއްޒު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. އަދި އާބިޓްރޭޝަންގައި ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.


މުއިއްޒުގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page