ޑރ.އިޔާޟް ވަޒީފާއިން ވަކިކޮށްލައިފި
- Goal mv
- Jul 1, 2021
- 1 min read

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މަޤާމުން ވަކިކޮށްފިއެވެ.
ލެކްޗަރަރކަމުގެ ވަޒީފާއިން ޑރ.އިޔާޟް މިއަދު ވަކި ކުރީ އެކިފަހަރު މަތިން ވާހަކަދެކެވި، ފަހުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ.މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޑރ.އިޔާޟް މަޤާމުން ވަކިކުރީ ޢާންމުންގެތެރޭ ނުތަނަވަސްކަން އުފެދޭގޮތަށް ޚިޔާލު ފާޅުކުރައްވައި، ހަރުކަށި ފިކުރަށް ތާއީދުކުރައްވާ މޭރުމުން މީސްމީޑިއާގެ މަންސަތަކުގައި ވާހަކަދައްކަވާތީ ކަމަށެވެ.
ޑރ.އިޔާޟް ވަކިކޮށްފައި މިވަނީ އަންހެންކުދިން ޚިތާނުކުުރުމާއި ގުޅޭގޮތުން ބަހުސް ހޫނުވެފައިވާއިރު، އަންހެން ކުދިން ޚިތާނުކުރުމަކީ ދީނުގައި އޮތް ކަމެއްކަމަށް އޭނާ ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.








Comments