ޑޫޑޫ ޑޯނަޓްސް އިން ބޮޑު ޢީދާ ދިމަކޮށް ޑޯނަޓުސްގެ ހާއްސަ ޕެކޭޖެއް ތާއާރަފްކޮށްފި
- މާހިރު މުޙައްމަދު
- Jul 17, 2021
- 1 min read

ފޭސްބުކްގައި ޑޫޑޫ ޑޯނަޓްސްގެ ނަމުގައި ހިންގަމުން އަންނަ އޮންލައިން ޕޭޖުން ކުރިއަށް އޮތް ބޮޑު ޢީދާ ދިމާކޮށް ޑޯނަޓުސްގެ ވަރަށް ހާއްސަ ޕެކޭޖެއް ތާއާރަފްކޮށް ޕުރީ އޯޑަރަށް ހުޅުވާލައިފިއެވެ.
ޑޫޑޫ ޑޯނަޓްސް އިން ތާއާރަފް ކުރި ބޮޑު ޢީދު ހާއްސަ ޕެކޭޖުގައި ހިމަނާފައިވާ ޑޯނަޓުސްގެ ތެރޭގައި..

1- ބުލޫބެރީ ގުލެންޒް ވިތު ފުރެޝް ބުލޫބެރީ.
2- ސުނޯ ވައިޓް.
3- ނަޓީ ނަޓެއްލާ.
4- ސިނަމަން ސުގަރ.
5- ރެޑް ވެކްވެޓް.
މީގެ އިތުރުން ކޮފީ އެންޑް ޑާރކް ޗޮކުލެޓް ހިމެނެއެވެ.
މި ހާއްސަ ޕެކޭޖަށް ޑޫޑޫ ޑޯނަޓްސްގެ ފޭސްބުކް ޕޭޖުމެދުވެރިކޮށް އޯޑަރުކުރެވޭނެއެވެ.
ޑޫޑޫ ޑޯނަޓްސްގެ ޕޭޖުގެ ލިންކު:
ތަފާތު މުނާސަބަތުތަކާއި ގުޅިގެން އެ ޕޭޖުގެ ކަސްޓަމަރުންނަށް ތަފާތު ޕެކޭޖުތައް ތައާރަފުކުރާކަން ފަހަގަކުރަމެވެ.

ގާރނިޝް އަދި ރީތި ކަމަށް ވުރެ ބޮޑަށް ޑޫޑޫ ޑޯނަޓްސް އިން އިސްކަން ދެނީ ފުލޭވާރސްއަށް ކަމަށާއި ޑޫޑޫ ޑޯނަޓްސް މެނޫ އިން އެކަނި އޯޑަރ ނަގަނީ ފުލޭވާރސްއަށް ޕިއޯރިޓީ ދޭތީ ކަމަށް އެ ޕޭޖުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ޑޫޑޫ ޑޯނަޓްސް އިން ބައްލަވާ ގަންނަވާ ޑޯނަޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ވަރަށް ތަފާތުގޮތަކަށް ކަރުދާސް ބޮކްސްގައި ވަރަށް ފުރިހަމައަށް ރަހައަށް ބަދަލު ނާންނަ ގޮތަށް ބަންދުކޮށްގެންނެވެ.








Comments