ދުނިޔޭގެ ސިޔާސީ ޕާޓީތަކާއެކު ބޭއްވި މަހާސިންތާއެއްގައި ޑރ.މުޢިއްޒު ބައިވެރިވެވަޑައިގެންފި
- Goal mv
- Jul 7, 2021
- 1 min read

ޗައިނާގެ ކޮމިއުނިސްޓު ޕާޓީއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ދުނިޔޭގެ ސިޔާސީ ޕާޓީތަކާއެކު ބޭއްވި މަހާސިންތާގައި މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
އޮންލައިންކޮށް ކުރިއަށްދިޔަ މި މަހާސިންތާގައި ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަތީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އެރުވި ދަޢުވަތުގައި، އެ މަނިކުފާނުގެ ފަރާތްޕުޅުން ޕީޕީއެމްގެ ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ. އެ މަހާސިންތާގައި ދުނިޔޭގެ 160 ޤައުމެއްގެ ޕާޓީތަކުން 500 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަތެވެ. މަހާސިންތާގައި ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންގޕިންގ ވަނީ، ދުނިޔޭގެ ސިޔާސީ ޕާޓީތަކުން އަތާއަތް ގުޅައިލައި އިންސާނިއްޔަތުކަމާއެކު ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ.








Comments