ދޮރުމައްޗަށް ނުކުމެލުމުން 11000 ރުފިޔާ އިން ޖޫރިމަނާކޮށްފި
- މާހިރު މުޙައްމަދު
- Jun 27, 2021
- 1 min read

ހދ.ނޭކުރެންދޫގައި ކަރަންޓީންގައި ހުރި މީހަކު ގޭގެ ދޮރުމައްޗަށް ނިކުމެލުމުން 11000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކަރަންޓީންގައި ހުރި މީހަކަށް ބޮޑު ޖޫރިމަނާއަކާއި ކުރިމަތިލާން ޖެހުނީ "ގޭގެ ދޮރުމަައްޗަށް ވެއްޓިފައި އޮތް ބައިސްކަލެއް ނަގަން ނިކުތުމުން." ކަމަށެވެ.
އޭނާ ޖޫރިމަނާ ކުރި ފުރަތަމަ ފަހަރު ކަމަށާއި ފުރަތަމަ ފަހަރު މިވަރުގެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން އެއީ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އެ ޕޯސްޓެއްގައިވެއެވެ.
އެ ޒުވާނާ ޖޫރިމަނާ ކޮށްފައި ވަނީ ފުލުހުން ކަމަށާއި އެ ފުލުހުން ވަނީ އޭނާ އާއި ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައި ކަމަށް ވެސް މައުލޫމާތު ހާމަކުރެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ކޮށްފައިވާ މީހުން ކަރަންޓީނާއި ހިލާފު ވުމުން ބައެއް އެހެން ރަށްރަށުގައި ވެސް ބޮޑެތި އަދަދުތަކުން މީހުން ޖޫރިމަނާ ކޮށްފައިވާކަން ފާހަގަ ކުރަމެވެ.








Comments