ދޮޅު އަހަރަށް ފަހު މިއަދުގެ ޖަލްސާގައި ޤާސިމް ބައިވެރިވެއްޖެ
- މާހިރު މުޙައްމަދު
- Aug 16, 2021
- 1 min read

ފާއިތުވި ދޮޅު އަހަރުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީތަކަށް ހާޒިރުވެވަޑައިނުގަންނަވައި ހުންނެވުމަށް ފަހު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފިއެވެ.
މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާފައިވާ އިރު، ޤާސިމް ޖަލްސާގައި ބައިވެރިވެވަޑައިގަތީ ކޯވިޑާއި ގުޅިގެން މާލޭން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހުގައެވެ.
މި އަހަރުގެ ފެބްރުއަރީ 23 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޤާސިމް ސަލާމުގައި ހުންނަވާތާ އަހަރެއްވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަވެއެވެ.
އެ ގޮތުން ޖޭޕީން އެ ދުވަހު ބުނީ، އެ ޕާޓީގެ ލީޑަރު ޤާސިމް، މަޖިލީހަށް ސަލާމް ވިދާޅުވެ މާލެ ވަޑައިނުގަންނަވާ ސަން އައިލެންޑް ރިސޯޓުގައި ހުންނަ ވަނީ މާލޭގައި ކޯވިޑުގެ ހާލަތު އޮތް ގޮތުން އެންމެ ރައްކާތެރި ގޮތްކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާތީ ކަމަށާއި އެންމެންނަށް އެންމެ ރައްކާތެރި ގޮތަކީ އެ މީހަކު ހުރި ތަނެއްގައި ހުުރުން ކަމަށް ޤަބޫލުފުޅުކުރައްވާތީ ޤާސިމް ރިސޯޓުގައި މަޑުކުރައްވަނީ ކަމަށެވެ.








Comments