ދޯންޏެއް ބިންދައިގެން ގޮސް 2 ބުރި ވަކިވެއްޖެ
- މާހިރު މުޙައްމަދު
- Jul 3, 2021
- 1 min read

މަސްވެރިކަމަށް ނުކުމެ އުޅުނު އައްޑޫ ސިޓީގެ ”މޯހިރު“ ދޯނި ބިންދައިގެން ގޮސް ދެ ބުރި ވަކިވެއްޖެއެވެ.
އެމި ދޯނި ބިންދައިގެން ދިޔައީ ގއ. އަތޮޅު އެތެރެވަރީގައި އެން ދަމަން އުޅުމުގެ ތެރޭގައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:11 ހާއިރުކަމަށެވެ. ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އެ ދޯނި ބިންދައިގެން ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް ބޭރުން ކަމަށާއި، މިހާރު އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮސްޓްގާޑް ސްކޮޑަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.








Comments