ދިވެސްއަކު މަރައިލަން މަސައްކަތްކުރި އިންޑިޔާ މީހާ ހައްޔަރުކޮށްފި
- ޙުސައިން އަޙުމަދު

- Aug 10, 2021
- 1 min read

ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ، މަރައިލަން މަސައްކަތްކުރި އިންޑިޔާ މީހާ ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަަދަ ޢަމަލެއް ހިންގި މައްސަލައެއް ރޭ 00:33 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައިގެ ތުހުމަތުގައި އިންޑިޔާއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އެ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ ހުޅުމާލޭގެ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައެވެ. އިންޑިއާ މީހާ ދަތުރު ނެގީ ހުޅުލޭ އައިލެންޑް ހޮޓެލުންކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ކާރުގެ ފަހަތު ޝީޓުގައި އިނދެ އޭނާ ގަމީސް ބޭލުމަށް ފަހު ޑްރައިވަރުގެ ކަރުގައި އޮޅައިލައިގެން ޑްރައިވަރު މަރައިލަން މަސައްކަތްކުރިއެވެ.








Comments