ދިވެއްސަކު މަރައިލަން މަސައްކަތްކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
- މާހިރު މުޙައްމަދު
- Aug 26, 2021
- 1 min read

ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ، މަރައިލަން މަސައްކަތްކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެކެވެ. މަސްތުގެ ހާލަތުގައި ހުރި އެ މީހާ ކާރަށް އެރީ ހުޅުލެއިންނެވެ. އެ ގޮތުން އޭނާ އެދުނީ ހުޅުމާލޭގެ ނިރޮޅުމަގުގެ 19 ވަނަ ގޯޅި ސަރަހައްދުގައި ހުރި ތަނަކަށް ގެންދިޔުމަށެވެ. އެ ހިސާބާއި އަރައި ހަމަވުމުން އޭނާގެ ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި ގަމީސް އޮޅައިލައި މަރައިލަން މަަސައްކަތް ކޮށްފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މި މަހުގެ 10 ގައި ހުޅުމާލޭ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ 10 ދުވަހެވެ.
އެ މުއްދަތު ހަމަވުމުން އިތުރު 5 ދުވަސްޖެހިއެވެ. ހަމައެހެންމެ އެ މުއްދަތު އިއްޔެ ހަމަވުމުން ވަނީ އޭނާ ކޯޓަށް ހާޒިރުކޮށްފައެވެ.
މި ގޮތުން ގާޒީ ނިންމެވީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރު ކުރުމަށެވެ.
ހުޅުމާލޭގެ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ދިވެހި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަަދަ ޢަމަލެއް ހިންގި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދަމު 00:33 ގައެވެ.








Comments