ދިވެއްސަކު އިޓަލީގައި ރަހުމް ކުޑަކޮށް މަރާލި މައްސަލަ ބަލަން ފަށައިފި
- މާހިރު މުޙައްމަދު
- Sep 18, 2021
- 0 min read

އިޓަލީގައި މަރާލި ދިވެހި މީހާގެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިޓަލީ މީހަކާއި ކައިވެނިކޮށްގެން އުޅޭ ހދ.މާވައިދުއަށް އުފަން (މިހާރު ނޮޅިވަރަންފަރުގައި އުޅޭ) އުމުރުން 44 އަހަރުގެ މަހްމޫދު އިމާދު މަރުވެފައި ހުއްޓާ ފެނުނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާއަށް އެކިވަރުގެ އަނިޔާ ކޮށް ދަންޖައްސާފައި ވާކަމަށް އޭނާގެ އާއިލާ އާއި ހަވާލާދީ އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.
އިމާދުގެ މަރާއި ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ، އޭނާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އޭނާގެ އާއިލާ އަށް މިކަމުގައި އެހީތެރިކަން ފޯރު ކޮށްދޭންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އާއިލާއިން ބުނި ގޮތުން މަހުމޫދުގެ މަރުގެ ހަބަރު އާއިލާއަށް ދިން މިވަގުތު ނޮޅިވަރަމްފަރުގައި ހުރި އޭނާގެ އަންހެނުންނެވެ. އެ މައުލޫމާތު ފުރަތަމަ ލިބުނީ މަހުމޫދު އަމިއްލައަށް މަރުވީ ކަމަށެވެ. ނަމަވެސް އޭނާގެ ފޯނު ހަލާކުކޮށްލާފައި އޮތުމާއި ހަށިގަނޑުން އެކި ޒަހަމް ތައް ފެންނަން ހުރުމުން އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.








Comments