ދިރާގު މޯބައިލް އިންޓަނެޓް ޕެކޭޖް ތަކުގެ އަގު ކުޑަކޮށްފި
- މާހިރު މުޙައްމަދު
- Sep 30, 2021
- 0 min read

ރާއްޖޭގެ އެންމެ ޒަމާންވީ މުވާސަލާތީ ކުންފުނި ދިރާގުން އެކުންފުނީގެ މޯބައިލް އިންޓަނެޓް ޕެކޭޖް ތަކުގެ އަގު ހެޔޮކޮށްފިއެވެ.
މާދަމާ އިން ފެށިގެން ގެނެވޭ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކުން 29 އިންސައްތަ އާއި ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށާއި، މިއީ ޑޭޓާގެ އަގު 22 އިންސައްތަ އާއި ހަމައަށް ހެޔޮ ވެގެން ދިޔުން ކަމަށެވެ. އަދި ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތައާ އާ ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެ އިތުރުން، އެލްޓީއީ ބްރޯޑްބޭންޑް ”ވަގުތުން ގެއަށް އިންޓަނެޓް“ ޕެކޭޖްތަކަށް 30 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމްބީޕީއެސް އިން 25 އެމްބީޕީއެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ.
ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތައް ފަރުމާކޮށްފައިވައި ޕްލޭންއެކެވެ. އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައް ހެޔޮވެގެންދާއިރު، މިދިޔަ ޖުލައިމަހު ވަނީ ގޭގެއަށް ފޯރުކޮށްދޭ އިންޓަނެޓްގެ ޕެކޭޖްތަކުގެ އަގު ތައް ވެސް ވަނީ ހެޔޮކޮށްފައެވެ.








Comments