https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ދައުލަތް ”އޮރިޔާންވާނެ“ ކަމަށް މަހްލޫފް ވިދާޅުވެއްޖެ

  • މާހިރު މުޙައްމަދު
  • Aug 14, 2021
  • 1 min read

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކޮށް، މައްސަލަ ކޯޓަށް ފޮނުވައިފި ނަމަ، ދައުލަތް ”އޮރިޔާންވާނެ“ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.


ސްޕެޝަލް އިކޮނޮމިލް ޒޯންގެ ބިލަށް ވޯޓު ދެއްވުމާއި، ޕީޕީއެމްގައި ދެމިހުންނެވުމުގެ މުގާބިލުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަހްލޫފަށް 33000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.


ކްލަބް ހައުސް ”ހަވާސް“ ރޫމުގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކުރަނީ މެލޭޝިޔާގައި ހުންނަވަނިކޮށް ފައިސާދީގެން ސީދާ މަޖިލީހުގައި ވޯޓަށް ގެނައި މައްސަލަ ނަމަ ވެސް، އޭރު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ވޯޓުދެއްވީ ޕީޕީއެމްގެ ވިޕްލައިނާއި އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


މީގެ އިތުރުން މަހްލޫފް ވިދާޅުވީ އޭސީސީގެ ރައީސް މަރްޔަމް ޝިއުނާއާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާ އަތުގައި އެބަހުރި ކަމަށެެވެ.


އެހެންކަމުން ޝަރީޢަތާއި ހިސާބުން އެ ވާހަކަތައް ތިލަކުރައްވާނެ ކަމަށާއި، އޭރުން ”ދައުލަތް އޮރިޔާންވާނެ“ ކަމަށެވެ.


މަހްލޫފް ވިދާޅުވީ އޭނާގެ މައްސަލައަށް ގޮތެއް ނުނިންމައި ޕީޖީ ތެރޭގައި ބާއްވައިގެން އުޅެނީ ޒާތީވެގެން ހެކި އުފައްދަން ކަމަށެވެ.


މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އޭސީސީން ޕީޖީއަށް ހުށަހެޅީ މި އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން ވެސް މަހުލޫފު އެކަހެރި ކުރައްވައިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page