https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ދަތުރުކުރާ އިރު ސަމާލުވުމަށް އަންގައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 11, 2021
  • 1 min read

އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަ

ންދިނުމަށް އަންގައިފިއެވެ.


އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް 19 ފެތުރުމުގެ ހާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ހިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ކޯވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.


އަދި ވަކިނ ހާއްސަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.


މީގެ އިތުރުން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ކަނޑުމަގުންނާއި ވައި މަގުން ދަތުރު ކުރާއިރު، މާސްކް އަޅައި އެހެން މީހުންނާ ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން އެދިފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އާންމު ތަންތަނުގައި އެކި ހިދުމަތް ހޯދަން ދާއިރު މާސްކް އަޅައިގެން އުޅުމަށް ވެސް އެދިފައިވެ އެވެ. އަދި އީދު ފާހަގަ ކުރަން ގިނަ ބަޔަކު އެއްވާ ހަރަކާތްތަކާއި އެއް ރަށުން އަނެއް ރަށަށް މީހުން ދާން ޖެހޭ ފަދަ ހަރަކާތްތައް ނުހިންގުމަށާއި ކުޅިވަރު މުބާރާތައް ނުބޭއްވުމަށް ވެސް އެދިފައިވެ އެވެ. ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ވެސް އެ އެޖެންސީން އެދުނެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކޮށް، ނަތީޖާ ލިބެންދެން އެކަހެރިވުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. އަދި ކަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތައް ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް އެދިފައިވެ އެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page