ދަރިވަރެއްގެ ބޮލަށާއި، ކަރަށް ކަތުރެއް ހަރާލައި ޒަޚަމްކޮށްލައިފި
- މާހިރު މުޙައްމަދު
- Sep 7, 2021
- 1 min read

ކަލާފާނު ސުކޫލުގައި 2 ދަރިވަރެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި، އެ ތަނުން އެއް ދަރިވަރެއްގެ ބޮލަށާއި، ކަރަށް ކަތުރެއް ހަރާލައި ޒަޚަމްކޮށްލައިފިއެވެ.
އެ ގޮތުން ޒަޚަމްވި ކުއްޖާއަށް އޭޑީކޭގެ އެމަޖެންސީގައި އަދި ވެސް ފަރުވާދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. މި މާރާމާރީ ހިނގީ ކޮން ސަބަބަކާހުރެކަމެއް އަދި ނޭނގެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަލާފާނު ސުކޫލުގައި މާރާމާރީ ހިންގީ ގުރޭޑް 09 ގެ 2 ދަރިވަރުންނެވެ. މި މާރާމާރީގައި އެ ތަނުން އެއް ދަރިވަރެއްގެ ބޮލަށާއި، ކަރަށް ކަތުރެއް ހަރާލައި ވަނީ ޒަޚަމްކޮށްލައިފައެވެ.








Comments