ދަގަނޑުބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަޚަމްކޮށްލައިފި
- ޙުސައިން އަޙުމަދު

- Aug 4, 2021
- 1 min read

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
މިރޭ 21:30 ހާއިރު މަސްއޫދަށް ހަމަލާދިނީ ލ.ފޮނަދޫގައި ހުންނަވަނިކޮށެވެ. މަސްއޫދަށް ހަމަލާދިނީ ހުސްވި އަހަރު ޑިސެމްބަރުގައި އޭނާގެ ކާރު ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ ފޮނަދޫ/ދިކުސާގޭ އަޙްމަދު ޝަމީމެވެ.
މަސްއޫދަށް ހަމަލާދިނީ އޭނާގެ އަނބިމީހާއެކު ސައިކަލު ދުއްވައިލަން ނިކުންނަވައިގެން އުޅުއްވަނިކޮށް ކަމަށް މަސްއޫދު މައުލޫމާތުދެއެވެ.
”އިންޒާރުދީފައި ދަނގަޑުބުރިއަކުން ބޮލުގައިޖަހަން އުޅުނީ. އެކަމަކު އަތް ހިއްލައިލުމުން އަތަށް ހަމަލާ އަމާޒުވީ“ މަސްއޫދު މައުލމާތު ދިނެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅުއްވައިފައިވާ ކަމަށާއި ނަމަވެސް އަދިވެސް ޝަމީމް ހައްޔަރުނުކުރާކަމަށް މަސްއޫދު ވިދާޅުވިއެވެ.








Comments