ދާންދޫ ރައީސްގެ ފޯނު ހިފަހައްޓައިފި
- މާހިރު މުޙައްމަދު
- Aug 11, 2021
- 1 min read

ގއ. ދާންދޫގައި ކައުންސިލްގެ ރައީސް' މުޙައްމަދު އާސިފްގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި މައްސަލައެއްގެ ތުހުމަތަށް 4 މީހެއްގެ ފޯނުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ހިންގާ އެފަދަ އޮޕަރޭޝަންތަކުގެ މައުލޫމާތު, އޮޕަރޭޝަން ފެއްޓުމުގެ ކުރިން ފުލުހުންގެ ފަރާތުން އެރަށެއްގެ ކައުންސިލާ ހިއްސާ ކުރާނެއެވެ.








Comments