https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ދާންދޫގައި ހަށި ވިއްކި ތުހުމަތުގައި ހައްޔަރުކުރި ދިވެހިން ދޫކޮށްލައިފި

  • މާހިރު މުޙައްމަދު
  • Sep 7, 2021
  • 1 min read

ގއ.ދާންދޫގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހިން ބަންދުން ދޫކޮށްލައިފިއެވެ.


ދާންދޫގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި 07 މީހަކު ހައްޔަރުކުރީ އޮގަސްޓުމަހުގެ 14 ވަނަ ދުވަހުގެރޭގައެވެ. ހައްޔަރުކުރި މީހުންގެތެރޭގައި 20 އަހަރުގެ ދިވެހި އަންހެނަކާއި، 24 އަހަރުގެ ދިވެހި އަންހެނަކާއި، 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 39 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނެއެވެ. އޭގެ އިތުރުން 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި، 26 އަހަރުގެ ބިދޭސީ ފިރިހެނަކާއި، 27 އަހަރުގެ ބިދޭސީ ފިރިހެނެއް ވެސް ހިމެނެއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދިނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ބަންދަށް އިތުރު 5 ދުވަސް ދިނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހައްޔަރުކުރި މީހުންގެ ބަންދަށް ފަހުން ޖެހި 5 ދުވަސް ހަމަވުމުން، 4 ދިވެހިން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. ހަމައެހެންމެ އިިމިގުރޭޝަނާއި ގުޅިގެން 3 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page