ދާންދޫގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
- ޙުސައިން އަޙުމަދު

- Aug 31, 2021
- 1 min read

ގއ.ދާންދޫގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ދާންދޫގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި 07 މީހަކު ހައްޔަރުކުރީ މި މަހުގެ 14 ވަނަ ދުވަހުގެރޭގައެވެ. ހަމައެހެންމެ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދިނީ 15 ދުވަހެވެ.
އެ މުއްދަތު ހަމަވުމުން އެ މީހުން އިއްޔެ ކޯޓަށް ހާޒިރުކުރި ކަމަށާއި، އެ ގޮތުން ބަންދަށް އިތުރު 5 ދުވަސް ދީފައިވާ ކަމަށްް ފުލުހުން ބުނެެެެެެއެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ،
20 އަހަރުގެ ދިވެހި އަންހެނަކާއި
24 އަހަރުގެ ދިވެހި އަންހެނަކާއި
30 އަހަރުގެ ދިވެހި ފިރިހެނަކާއި
39 އަހަރުގެ ދިވެހި ފިރިހެނަކާއި
25 އަހަރުގެ ބިދޭސީ ފިރިހެނަކާއި
26 އަހަރުގެ ބިދޭސީ ފިރިހެނަކާއި
އަދި 27 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ފުލުހުން އަންނަނީ މިހާރު އަންނަނީ އެ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.








Comments