ދާންދޫގައި ހަށި ވިއްކި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
- ޙުސައިން އަޙުމަދު

- Aug 16, 2021
- 1 min read

ގއ.ދާންދޫގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ދީފިއެވެ.
ދާންދޫގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކުރީ މި މަހުގެ 14 ވަނަ ދުވަހުގެރޭގައެވެ.
އޭގެތެރޭގައި ހިމެނެނީ..
20 އަހަރުގެ ދިވެހި އަންހެނަކާއި
24 އަހަރުގެ ދިވެހި އަންހެނަކާއި
30 އަހަރުގެ ދިވެހި ފިރިހެނަކާއި
39 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނެއެވެ.
މީގެ އިތުރުން 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި
26 އަހަރުގެ ބިދޭސީ ފިރިހެނަކާއި
27 އަހަރުގެ ބިދޭސީ ފިރިހެނަކު ވެސް ހައްޔަރުކުރިއެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖަހާދީފައިވާ ކަމަށާއި، އެ މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.








Comments