ޑިސެމްބަރު 15ގެ ކުރިން ހުޅުލޭ އިރު އުތުރު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަންވާނެ- އެމްއޭސީއެލް
- މާހިރު މުޙައްމަދު
- Nov 17, 2021
- 1 min read

ހުޅުލޭ އިރު އުތުރު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ޑިސެމްބަރު 15 ގެ ކުރިން ނަގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން އަންގައިފި އެވެ.
އެމްއޭސީއެލް ކުރި އިއުލާނާގެއްގައި ބުނެފައިވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެންގީ ހުޅުލޭގައި ކުރިއަށްދާ ގޮޑުދޮށް ހިމާޔަތް ކުުރުމުގެ މަޝްރޫއުތަކުގެ ދަށުން، އިރު އުތުރު ފަރާތުގެ ތޮށިލުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ނުނަގާ އެ ސަރަހައްދުގައި އުޅަނދުފަހަރު ބެހެއްޓުމަކީ ކުރީއްސުރެ ވެސް މަނާކަމެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.








Comments