ކަރަންޓު ބިލުތައް ބޮޑުކުރި މައްސަލަ ބަލަން ފަށައިފި
- މާހިރު މުޙައްމަދު
- Jul 31, 2021
- 1 min read

މި މަހު ރައްޔިތުންނަށް ފޮނުވި ކަރަންޓު ބިލިތައް އިންތިހާއަށް ބޮޑުވުމާއި ގުޅިގެން އެ މައްސަލަ ބަލަން ފަށާފައި ވާކަމަށް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ) ގެ ބައެއް ކަސްޓަމަރުންގެ ޖުލައި މަހުގެ ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން އެއޮތޯރިޓީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. އަދި ރަސްމީކޮށް އެ މައްސަލަ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވިއަސް، އެ މައްސަލަ އޮތޯރިޓީން ބަލަން ފަށާފައި ވާކަމަށެވެ.
މާލޭގެ ގެތަކުގެ ކަރަންޓް ބިލަކީ ދެއްކޭ ވަރަށް ވުރެން ބޮޑު ބިލެއް ކަމުގެ ޝަކުވާތައް ފެންމަތިކުރެއްވީ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.








Comments