ކޯވިޑްގެ ކޭސްތައް އިތުރުވާތީ ފިޔަވަޅުތައް ހަރުކަށި ކުރަން އެޗްއީއޯސީން މަޝްވަރާކުރަނީ
- ޙުސައިން އަޙުމަދު

- Nov 16, 2021
- 1 min read

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ ފިޔަވަޅުތަކާއެކު މިހާރު ހުރި ފިޔަވަޅުތައް ވެސް ހަރުކަށި ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން ވިދާޅުވެއްޖެއެވެ.
ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
އެޗްއީއޯސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ 2 ހަފުތާތެރޭގައި ކޮންމެ ދުވަހަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުއިސްތައާ ގާތްކުރެއެވެ. އޭގެ ތެރެއިން އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ސަތޭކައިން މަތީގައެވެ. އެއާއެކު ރަށްރަށުގެ ހާލަތު ގޯސްވެފައި ވާތީ އިއްޔެ އެކަނި ވެސް 7 ރަށެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.
މޮނިޓަރިންއަށްލާފައިވާ ރަށްތައް:
ރ. އަލިފުށި
ދ. މާއެނބޫދޫ
ފ. ބިލެއްދޫ
ގއ. މާމެންދޫ
ގދ. ފަރެސްމާތޮޑާ
ނ. ކުޑަފަރި
ނ. ވެލިދޫ
ސ. ހިތަދޫ
ސ. މަރަދޫ
ސ. މަރަދޫ ފޭދޫ
ސ. ފޭދޫ
ސ. ހުޅުމީދޫ
ލ. ގަން
ބ. ގޮއިދޫ
ނ. ހޮޅުދޫ
މ. މުލަށް
ނ. ކެނދިކުޅުދޫ
ކ. ގުރައިދޫ
ށ. ފުނަދޫ
މ. ދިއްގަރު
ނ. މިލަދޫ
ކ. ހުރާ
މ. މުލި
ށ. ގޮއިދޫ
ބ. ހިތާދޫ
ތ. ތިމަރަފުށި
ރ. މަޑުއްވަރީ
ރ. މީދޫ
ރ. އިންނަމާދޫ
ގދ. ކަނޑުހުޅުދޫ
ފ. ނިލަންދޫ
ރާއްޖޭގެ ކޯވިޑް ހާލަތަށް ބަލާ އިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 89،999 އަށް ވަނީ އަރައިފައެވެ. މި ބަލީގައި 247 މީހުން މަރުވެފައިވާ އިރު، މި ވަގުތު އެކްޓިވް ކޭސްގެ އަދަދު ހުރީ 2،201 ގައެވެ.








Comments