https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކޯވިޑްގެ ރެންޑަމް ސާމްޕަލް ދޭން ރައްޔިތުން ދެކޮޅު ހަދަންފަށައިފި

  • Writer: Goal mv
    Goal mv
  • Jul 4, 2021
  • 1 min read


އައްޑޫ ސިޓީގައި ކޯވިޑް-19 ހަލުވިކަމާ އެކު ފެތުރިފައިވާ ދަނޑިވަޅުގައި އެ ސިޓީގެ ބައެއް ރައްޔިތުން ކޯވިޑްގެ ސުންކު ދޭން ދެކޮޅު ހަދަމުން އަންނަ ކަމަށް ބުނެ، އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައްޑޫގެ ކޯވިޑްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އެމެޖެންސީ ސެންޓަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ، ކޯވިޑް ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް މި ދެތިން ދުވަހު އައްޑޫގެ އެކި ހިސާބުތަކުން ވަކި ތަރުތީބެއް ނެތި ކޯވިޑް-19 އަށް ސުންކު ނެގުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ސުންކު ނެގުން، ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ވޮލެންޓިއަރުން ބައިވެރިވެގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އިއްޔެ ސުންކު ނެގުމުގެ ތެރެއިން ބައެއް މީހުން ސުންކު ދޭން އުޒުރުވެރިވެފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ފޭދުގައި ރެންޑަމް ސާމްޕަލް ނަގަން އުޅުނު ފަރާތްތަކުން ޝަކުވާ ކޮށްފައިވޭ، ގިނަ ބަޔަކު ރެންޑަމް ސާމްޕަލް ދޭން ދެކޮޅު ހަދާކަމުގެ" ޝުއާއު ވިދާޅުވިއެވެ. އައްޑޫގައި މިހާރު އޮތް ހާލަތުން އަަރައިގަނެވޭނީ ވީހާވެސް ގިނަ އަދަދެއްގެ ސުންކު ނެގި، ހާލަތު ދެނެގަނެވިގެންކަން އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ރައްޔިތުންގެ އެއްބާރުލުމަށް ޝުއާއު ވަނީ އެދިވަޑައިގެންފައެވެ. "މިވަގުތު ކޮށްދެވޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރެންޑަމް ސާމްޕަލްއަށް އެއްބާރުލުން ދިނުން އެދެން" އޭނާ ވިދާޅުވިއެވެ. ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމައި ދޭނެ ލުއިތައް ކައުންސިލުން ވަނީ އާއްމުކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page