ކައުންސިލްގެ މެޖޯރެޓީ ފުޓްސަލް މުބާރާތަށް ނުލިބި މީދާ ހިފުމުގެ މުބާރާތަށް
- މާހިރު މުޙައްމަދު
- Nov 23, 2021
- 1 min read

ރ. ވާދޫއިން މީދާ މަދުކުރުމަށް، މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ކައުންސިލުން ނިންމައި މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލުމާއެކު އެ ރަށު ޒުވާނުން ނުކުމެ ކައުންސިލް އިދާރާ ކުރިމަތީގައި ރޭ ނުރުހުން ފާޅުކުރުމާއެކު މުޒާހަރާ ކޮށްފިއެވެ.

ވާދޫ ކައުންސިލް އިދާރާ ކުރިމަތީގައި އެ ރަށު ޒުވާނުން ނުރުހުން ފާޅުކޮފައި ވަނީ ފުޓްސަލް މުބާރާތެއް ބާއްވައިދިނުމަށް ކައުންސިލްގައި ޒުވާނުން އެދިފައިވަނިކޮށް އެކަމަށް ކައުންސިލްގެ ރުހުން ނުދީ މީދާ ހިފުމުގެ މުބާރާތް ބޭއްވުމަށް 5 ކައުންސިލަރުންގެ ރުހުން ދިނުމުންނެވެ.

ޒުވާނުންގެ ފުޓްސަލް މުބާރާތް މީދާ މުބާރާތަކަށް ނުހެދުމަށް ވާދޫ ޒުވާނުން ވަނީ ކައުންސިލަށް ގޮވާލާފައެވެ. މީގެ އިތުރުން ވާދޫގެ ޒުވާނުން ބޭނުންވަނީ މީދާ މުބާރާތެއް ނޫން ކަމަށާއި ފުޓްސަލް މުބާރާތެއް ކަމަށް ވެސް ޒުވާނުން ވަނީ ބުނެފައެވެ.








Comments