https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސިވިލް ކޯޓުން، މޯލްޑިވިއަންގެ މައްޗަށް ބޮޑު ހުކުމެއް ހުކުމްކޮށްފި

  • މާހިރު މުޙައްމަދު
  • Sep 23, 2021
  • 0 min read

ތ. ތިމަރަފުށީ އެއާޕޯޓްގައި ކެފޭ ހިންގުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި 1.7 މިލިއަން ރުފިޔާގެ ބަދަލެއް އަމިއްލަ ކުންފުންޏަކަށް ދައްކަން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ތިމަރަފުށީ އެއާޕޯޓްގައި ކެފޭއެއް ތަރައްގީކޮށް ހިންގުމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑާ އެކު 2017 ގައި ހެދި އެއްބަސްވުން އެ ކުންފުނިން އެދިގެން 2019 ވަނަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ ކުންފުނިން ކެފޭ ހިންގަން ކުރި ޚަރަދުގެ ބަދަލު ދޭން ވެސް އެ ކުންފުނިން އެދުނަސް، އެ ފައިސާ މޯލްޑިވިއަން އިން ދީފައެއް ނުވެ އެވެ. އެ ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކެފޭ ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތުގައި، އެތަނަށް ކޮށްފައިވާ ޚަރަދުތައް އަނބުރާ ދޭންޖެހޭނެ ކަން އެއްބަސްވުމަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އެތަނުގައި ގެންގުޅުނު ސާމާނުތައް ހިމެނޭ ގޮތުން ބަދަލު ދޭންޖެހޭނެ ކަމަށާއި އެހެންވެ، އެތަނުގެ އިމާރާތާއި ގެންގުޅުނު ސާމާނުގެ ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާއަކީ އެކަށީގެންވާ އަދަދެއް ކަމަށް އެ ހުކުމުގައިވެ އެވެ. ހުކުމުގައިވަނީ އެއްބަސްވުމުގެ ދަށުން ސެކިއާ ކުންފުނިން ދައްކަންޖެހޭ ކުލި ދައްކާފައިނުވާ ކަމަށް މޯލްޑިވިއަން އިން ބުންޏަސް، ނުލިބި އޮތީ ކިހާ މުއްދަތެއް ކުލި ކަން ބުނެދެވިފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ނަގައި ދިނުމަށް މޯލްޑިވިއަން އިން އެދިފައިނުވާތީ އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަންކަން ފާހަގަކޮށް، ހުކުމުގައި މޯލްޑިވިއަންއަށް އަންގާފައިވަނީ ތިން މަސް ތެރޭގައި 1.7 މިލިއަން ރުފިޔާ ކޯޓަށް ދެއްކުމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page