ޗައިނާއިން ރާއްޖެއަށް ކޯވީޑް ވެކްސިންގެ އިތުރު ޑޯޒް ހަދިޔާކުރަނީ
- މާހިރު މުޙައްމަދު
- Jul 26, 2021
- 1 min read

ޗައިނާއިން ރާއްޖެއަށް އިތުރު ކޯވީޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއިން ވެކްސިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި، ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ފޯނުން ގުޅައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ކަމަށެވެ.
ކޯވިޑް ވެކްސިންގެ 4 ލައްކަ ޑޯޒް ޗައިނާއިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވި ދާދި އަވަހަށް ރާއްޖެއަށް މި ވެކްސިން ޑޯޒްތައް ލިބިގެން ދާނެ ކަމަށެވެ.








Comments